ފެހި އެވޯޑްސް

ޝަރަފްވެރި އެވޯޑަކަށް މަސައްކަތްކޮށް އެ ޝަރަފު ހޯދުމަށް ސްކޫލް ތަކަށް ބާރުއަޅަން

ފެހީ މަދަރުސާ ކްރައިޓީރިއާ އަދި އެވޯޑްސް ސިސްޓަމް

މިދެންނެވި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ފެހި މަދަރުސާ އޮނިގަނޑުގައި ސްކޫލަކުން ޙާޞިލުކުރަންޖެހޭ މިންގަނޑުތަކާއި ލަނޑުދަނޑިތައް ބަޔާންކޮށްފައިވެއެވެ. ބްރޮންޒް ޓު ގޯލްޑް ގެ ސިއްކައަކާއެކު ސްކޫލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި އަމަލުކުރާނެ އޮނިގަނޑަކާއި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ފޯރުކޮށްދެއެވެ.

ފެހި މަދަރުސާއަކަށް ވުމަކީ ދިގު މުއްދަތަކަށް ކުރާ ދަތުރަކަށް ވާއިރު، އެ ދަތުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމާއި އާޚިރަތް ބޭނުންވާ ދަތުރެކެވެ. އެހެންނަމަވެސް މި ދަތުރު ފެށުމަށްޓަކައި ކޮންމެ ސްކޫލަކުންވެސް އެންމެ ފުރަތަމަ ބޭނުންވަނީ އެސްކޫލެއްގެ އަމާޒަށް ވާޞިލުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެނގުމެވެ. ސްކޫލުން ފަށަންވީ ކޮން ތަނަކާއި ރިއަލިސްޓިކް ޓާގެޓްތަކަކީ ކޮބައިކަން ދެނެގަތުމަށް ބޭސްލައިން ސާވޭއެއް ހަދަން ޖެހޭނެ އެވެ. މިކަމުގެ ސަބަބުން ފެހި މަދަރުސާ ޕްރޮގްރާމްގެ ފުޅާ ހަތަރު މައުޟޫޢެއް ހިމަނަންޖެހޭ އެކްޝަން ޕްލޭން އަންގައިދޭނެއެވެ.

އީޖާދު

ރަށް

ކަނޑު

ކުނި

ކޮންމެ ސްކޫލަކުން ވެސް އަހަރެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތުގެ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އެންއައިއީއިން ކާމިޔާބީތައް ދޭނީ އެކްޝަން ޕްލޭން ތަންފީޒުކުރެވިފައިވާ މިންވަރާއި ތިމާވެށީގެ ސްޓެވާޑްޝިޕް އަދި ސަސްޓެއިނަބިލިޓީގެ މައްސަލަތައް ހިމެނުމަށް ކިތައް ފިލާވަޅެއް އެޑަޕްޓް ކުރެވިފައިވާތޯ ބަލައިގެންނެވެ. މީގެ އިތުރުން މުޅި އަހަރު ސްކޫލުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ޓީމުގެ ފަރާތުން ރިފްލެކްޝަން ހިމެނޭ ސެކްޝަނެއް ހުންނަން ޖެހެ އެވެ. ކޮންމެ އިނާމެއްގެ ފެންވަރެއްގެ ޝަރުތުތައް ތިރީގައި އެވަނީއެވެ.

ސިލްވާ އެވޯޑް

  • ބޭސްލައިން ސާވޭއާ އަޅާބަލާއިރު 2 ކުރިއެރުމެއް
  • ކޮންމެ ތީމަކަށް 2 ސްކޫލް ވައިޑް އެކްޓިވިޓީސް/ޕްރޮޖެކްޓް
  • ކޮންމެ ގްރޭޑެއްގެ ލެވެލެއްގައި 2 ފިލާވަޅު އެޑަޕްޓެޑް

ބްރޯންޒް އެވޯޑް

  • ބޭސްލައިން ސާވޭއާ އަޅާބަލާއިރު 1 ކުރިއެރުމެއް
  • ކޮންމެ ތީމަކަށް 1 ސްކޫލް ވައިޑް އެކްޓިވިޓީ/ޕްރޮޖެކްޓް
  • ތިމާވެށީގެ ސްޓެވާޑްޝިޕް، ރެޒިލިއަންސް އެންޑް ސަސްޓެއިނަބިލިޓީއަށް އެޑަޕްޓްކޮށްފައިވާ ކޮންމެ މާއްދާއަކުން ކޮންމެ ގްރޭޑް ލެވެލްއަކުން 1 ފިލާވަޅު

ސުޕަ ފެހި އެވޯޑް

  • ގޯލްޑް ސީލްގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުން
  • އާދަޔާ ޚިލާފު ކުރިއެރުންތަކެއް ދައްކުވައިދޭ އަދި އެހެން ސްކޫލްތަކުން ދަސްކުރެވޭނެ އިނޮވޭޓިވް ޕްރޮގްރާމްތައް ތަޢާރަފްކުރާ އެންމެ ފާހަގަކޮށްލެވޭ ސްކޫލަކަށް އިނާމު ދިނުން

ގޯލްޑް އެވޯޑް

  • ބޭސްލައިން ސާވޭއާ އަޅާބަލާއިރު 4 ކުރިއެރުމެއް
  • ކޮންމެ ތީމަކަށް 4 ސްކޫލް ވައިޑް އެކްޓިވިޓީސް/ޕްރޮޖެކްޓް
  • ކޮންމެ ގްރޭޑެއްގެ ލެވެލެއްގައި 4 ފިލާވަޅު އެޑަޕްޓެޑް