ފެހި މަދަރުސާ

ފެހި މަދަރުސާ ބެކްގްރައުންޑާއި މި ޕްރޮގްރާމާ ބެހޭ އެހެނިހެން ތަފްސީލް

ފެހި މަދަރުސާގެ ފްރޭމްވޯރކް

މުޅިސްކޫލް އިސްނެގުން

މިދެންނެވި ލަނޑުތަނޑިތައް ހާސިލްކުރުމަށްޓަކައި ފެހިމަދަރުސާގެ އޮނިގަނޑުގައި ސްކޫލަކުން ޙާސިލްކުރަންޖެހޭ މިންގަނޑުތަކާއި ލަނޑުދަނޑިތައް ބަޔާންކޮށްފައިވެއެވެ. “ބްރޮންޒް ޓް ގޯލްޑް” ގެ ސިއްކައަކާއެކު ސްކޫލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި އަމަލުކުރާނެ އޮނިގަނޑަކާއި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ފޯރުކޮށްދެއެވެ.

ހިންގުމާއި ސްކޫލްގެ ސަގާފަތް
  • ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމާއި އެކަންކުރާނެ ޒިންމާދާރު ބައެއްގެ މާނައަކީ ސްކޫލްގެ ތެރެއިން އެކަންކަން ފަހިވެގެން ދިއުމެވެ. ދަރިވަރުންނާއި މައިންބަފައިންނާއި މުދައްރިސުން އަދި ސްކޫލްގެ މުވައްޒަފުންވެސް ތިމާވެށި ހިމާޔަތް ކުރުމަށް ލޯބިކުރާ ބަޔަކަށްވެ ސިއްހީ ދުޅަހެޔޮ ހަޔާތަކަށް ސާފުވެއްޓެއްގެ މުހިއްމުކަން ދަންނަ ބަޔަކަށް ވާންޖެހޭނެއެވެ.
  • ސްކޫލްގެ ތަޞައްވުރާއި އިސްތިރާޖީ ތާވަލުތަކުގައި މިގަބޫލުކުރުންތައް ހާމަވުން.
  • އެންމެން ބައިވެރިކުރުން: އިދާރީ މުވައްޒަފުން، މަސައްކަތު މީހުން، މިނޫނަސް ސްކޫލް މާހައުލުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުން އަދި ޖަމާއަތުން އެއްބާރުލުން ދޭންތިބޭ މީހުން
  • ސްކޫލްގެ ހުރިހާ ދާއިރާއެއްގެ މަންދޫބުން (ދަރިވަރުންނާއި ބޮޑެތިމީހުން) ހިމެނޭގޮތަށް މިޕްރޮގްރާމް ރާވާ ހިންގުމަށް ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި އިސްނަގާނެ ޓީމެއް އެކުލަވާލުން.
  • ދަރިވަރުންގެ ކަންބޮޑުވުންތަކާއި ހައްލުތަކާއި އުފެއްދުންތެރި ހިޔާލުތައް ހިއްސާ ކުރެވޭނެ ޖާގަތައް ފަހިކޮށްދިނުން.
  • ސްކޫލްތަކުގެ ޕްރިންސިޕަލުން މިއަމާޒު ހާސިލްކުރުމަށް އިސްނަގަންޖެހޭނީ އެއީ އެސްކޫލްގެ އެންމެ އިސްފަރާތަށްވާތީއެވެ. އެހެން ނަމަވެސް، ސްކޫލް މުޖުތަމައުގެ ކޮންމެ މީހަކީވެސް ތިމާވެއްޓާއި ކަނޑުގެ މައްސަލަތައް ހައްލުކުމަށް އިސްނަގާ ޗެމްޕިއަނަކަށްވުމުގެ ބާރާއި ހިތްވަރު ލިބިގެންދެއެވެ. އެހެނަސް އެއީ އިހްލާސްތެރިކަމާއިއެކު މަސައްކަތުން، އަދި ހަމަޔަގީނުންވެސް އަމަލުން އެކަން ސާބިތުކޮށްދީގެންނެވެ.
ތަޢުލީމީ ޕްރޮގްރާމް
  • މުސްތަގުބަލުގައި ސްކޫލްނިންމާ ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް އެމީހުންގެ ކިބައިގައި އަށަގަންނާނެހެން ސަރުކާރުގެ ރޭވުންތަކާގުޅޭ ގޮތުގެ މަތިން މަންހަޖު ބައްޓަންކުރުން.
  • ސައިންސް ނުވަތަ އިޖުތިމާޢީ އިލްމުގެ އިތުރުން ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކުގައާއި ކުރިޔަށްދާނެމަގެއް ހިޔާރުކުރުމުގެ ހަރަކާތްތަކުގައި ޒިންމާދާރުކަމާއެކު ތިމާވެށި ހިމާޔަތްކޮށް ދަމަހައްޓާނެ ފިލާވަޅުތައް ހިމަނައި ބަދަލުވަމުންދާ މާހައުލާގުޅޭގޮތުން މަޢުލޫމާތު މުއްސަނދިކުރުވުން.
  • ކުލާސްރޫމުން ބޭރުގައި އަދި މުޖުތަމައުގެ ބައިވެރިންނާ އެކު އުނގެނުމާއި ތަޖުރިބާކާރުންނަށް ދައުވަތުދީގެން ގެނެސް ބަދަލުވަމުންދާ ހާލަތާގުޅޭގޮތުން ކިޔަވައިދިނުން ( ބޭނުންވާ މައުލޫމާތު ހޯދާނެ ތަންތަން)
  • ގުޅިގެން އުނގެނުމަށާއި އަމިއްލަ ތަޖުރިބާގެ ޕްރޮޖެކްޓްތައް މެދުވެރިކޮށް ނާޒުކު އަދި އައު ހުނަރުތައް ހޯދުމަށް މަގުފަހިވާގޮތަށް އުނގަންނައި ދިނުން. އޭގެ ސަބަބުން މުސްތަގުބަލުގައި ލޯ ކާބަން ކެރިއަރއަށް ދަރިވަރުން ތައްޔާރުވާނެއެވެ. ( ދަރިވަރުންނަށް ގްރޫޕް ޕްރޮޖެކްޓްތައް ޑިޒައިންކޮށް، ސްޓާޓް-އަޕް މަސައްކަތްތައްކުރުމާއި، ބޭރުގެ މާހިރުންނާއެކު ޕާޓްނަރކޮށް، އެކުދިންގެ އުނގެނުމާއި މެދު ވިސްނާލެވިދާނެ)
ސްކޫލް ކެމްޕަސް
  • ސްކޫލްގެ ބިންތަކާއި ހިންގާ ކަންތައްތަކަކީ އުނގަންނައިދިނުމުގެ ނަމޫނާއަކަށް ހެދުން (ފެނާއި ހަކަތައާއި ކަރުދާސް ފަދަ ވަސީލަތްތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުން، ދެމެހެއްޓެނިވި ގޮތެއްގައި ގަތުމުގެ އިހްތިޔާރު، ކުނި ނައްތާލުމާއި ކޮމްޕޯސްޓްކުރުން، ގަސް އިންދުން ފަދަ ކަންކަންކުރުން)
  • ދެމެހެއްޓެނިވި ނިޒާމްތައް އުފައްދައި، ތަންފީޒުކޮށް، ދަރިވަރުންނަށް ކަންކަން ތަޖުރިބާކުރެވޭނެގޮތުގެ އަދި އުނގެނޭ މާހައުލެއްގެ ގޮތުގައި ސްކޫލް ކެމްޕަސް ބޭނުންކުރުން.
  • ސްކޫލް ފެހި ޓީމްގެ މަސައްކަތް ވަރަށްބޮޑަށް ފެންނާނެގޮތަށް އަމާޒު، މަސައްކަތު ތާވަލް، ކުރިއަރަމުންދާގޮތާއެކު ނޯޓިސްބޯޑުގައި މަސައްކަތްތައް ދައްކާލުން.
މުޖުތަމަޢުގެ ބައިވެރިވުން
  • މި މެސެޖް ފެތުރުމަށާއި ތަޖުރިބާއާއި ޢިލްމާއި ތަފާތު ނަޒަރިއްޔާތުތައް (ކެމްޕަސް ޓުއާސް، ބީޗް ކްލީންއަޕްސް، ސްޓާޓްއަޕް ޕްރޮޖެކްޓް) ރަށުގެ ފަރުދުންގެ އިތުރުން ވިޔަފާރިތަކާއި އެންޖީއޯތަކާއި އެހެނިހެން ގްރޫޕްތަކާ ހިއްސާކުރުމަށް ޕާޓްނަރޝިޕްތައް ބިނާކުރުން.
  • ރަށުގެ ބޭނުންތަކަށް ކުރެވޭކަންތައްތަކާއި ސްކޫލްގައި ހިންގާ ޕްރޮޖެކްޓްތައް ގުޅުވާލުން. އޭގެ ސަބަބުން އެއީ މާބޭނުންތެރި އަދި ފައިދާކުރަނިވި ކަންކަމުގައި ވެދެއެވެ.
  • ޒިންމާދާރުގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަކީ ސްކޫލްގެ ހުރިހާކަމެއްގެ ތެރެއަށާއި އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއަކަށް އޭގެ ހިޔާލުތައްލެވި ކިޔަވައިދެމުން ތަޖުރިބާކުރަމުން ގެންދިއުމެވެ.
    ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކާއި ތަޖުރިބާގެ އަލީގައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އަޚްލާގު އަށަގެންނެވޭނީ:
  • މިކަމުގައި ޝާމިލްވާ އެންމެންނަކީ ވެސް ވަރަށްބޮޑަށް ސްކޫލަށް ލޯބިޖެހިފައިވާ ބައެއްގެ އިހްސާސް އެމީހުންގެ ހިތުގައިއޮތުމުން.
  • ދަރިވަރުންނަށް އަމިއްލަތަޖުރިބާއިން އުނގެނުމުގެ ފުރުސަތުތައް އޮތުމުން.
  • ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ އާ ފުރުސަތުތަކެއް ލިބުމުން.
  • ތިމާވެށީގެގޮތުން ސްކޫލްތަކުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެނައުން.
  • ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކޮށްގެން ސްކޫލްތަކަށް ފައިސާ ލިބުން.
  • ސްކޫލްތަކުގެ ކެމްޕަސްތައް އިތުރަށް ރީތިވެ ފެހިވެގެން ދިއުން.

ތިމާވެށީގެ ސްޓެވާޑްޝިޕާއި ދެމެހެއްޓެނިވި ގޮތެއްގައި ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކާއި ތަޖުރިބާގެ އަލީގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެކޭ ގޮތްތަކަށް ވިސްނާއިރު، މި ވިސްނުމާއެކު މަސައްކަތް ކުރުމުން ލިބޭ ފައިދާތަކަކީ:

  • މިކަމުގައި ޝާމިލްވާ އެންމެންނަކީ ވެސް ސްކޫލުގައި އަމިއްލަވަންތަކަމުގެ އިހުސާސް ބޮޑު ބައެކެވެ.
  • ދަރިވަރުންނަށް އުނގެނުމުގެ މާނަހުރި ހޭންޑްސް އޮން ފުރުޞަތުތައް އެބަހުއްޓެވެ.
  • ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ އާ ފުރުސަތުތަކެއް ލިބިއްޖެ.
  • ސްކޫލްތަކުގެ ތިމާވެށީގެ ފުޓްޕްރިންޓަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެއެވެ.
  • ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކޮށްގެން ސްކޫލްތަކުން ފައިސާ ރައްކާކުރެއެވެ.
  • ސްކޫލްތަކުގެ ކެމްޕަސްތައް އިތުރަށް ރީތިވެ ފެހިވެގެން ދެއެވެ.

ސިސްޓަމްސް މޮޑެލްސް

ޑޮނެލާ މީޑޯސް އިން ‘އައިސްބާގް ޑައިގްރާމް’ އެއްގެ ގޮތުގައި އެންމެ ފުރަތަމަ ތައާރަފްކުރި އައިސްބާގް މޮޑެލްއަކީ އަހްލާގާއި  ނިޒާމްތަކުގެ ކޮމްޕްލެކްސް އަދި ލެވެލްޑް ސަބަބުތައް ދައްކުވައިދީ ދެނެގަތުމުގެ އާދައިގެ ވަސީލަތެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މޮޑެލްއެކެވެ.

ފެހި މަދަރުސާ ފުރޭމްވޯކްގައި، ސްކޫލްތަކުގެ މުޖުތަމައުތަކުގައި ތިމާވެށްޓަށް ހޭލުންތެރި ނިޒާމީ ބަދަލުތަކެއް ގެނައުމަށްޓަކައި، ބެރިއަރ ރީފް އައިލެންޑެއްގެ ގޮތުގައި ސިސްޓަމް ތިންކިންގގެ ވާޝަނެއް ހުށަހަޅައިފިން.

ފެހި މަދަރުސާގެ ތެރޭގައި ހިމެނޭ މުޅި ސްކޫލް ހަރަކާތްތަކުގެ އޮނިގަނޑުގައި ހިމެނެނީ ތަފާތު މިންވަރުގެ އަސަރާއި އޮޅުންބޮޅުން އަދި އަޑިގުޑަން ހުންނަ ހަރަކާތްތަކެވެ. ސްކޫލްގެ މުޅި ހަރަކާތްތައް އިންތިޒާމްކުރެވިފައިވަނީ ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ “ބެރިއަރ ރީފް އައިލެންޑް” މޮޑެލްއާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ޙަރަކާތްތަކާއި އަސަރުގެ ފުންމިން

އައިލެންޑް ލޭޔަރ

ފެހި ކޮންސެޕްޓްގެ ވަކިވަކި ވިސްނުމަށް ގިނަ ފަހަރަށް ވެފައިވަނީ އާދައިގެ އަސަރެއްފެންނަ މަދު ވަސީލަތްތައް ހިންގާ ހަރަކާތްތަކެއް.

އަހަރެން

ބައިވެރިންގެ ބަޔަކު މުއާމަލާތްކޮށް، އިތުރު ވަސީލަތްތައް ނުވަތަ ތައްޔާރީތައް ބޭނުންވާ ހަރަކާތްތަކެއް ހިންގަން ޖެހިދާނެކަމަށާއި، މި ހަރަކާތްތަކުގެ ސަބަބުން ހިއްސާކުރެވިފައިވާ ތަޖުރިބާތަކުގެ ޒަރިއްޔާއިން ފެހި އަޚްލާޤުތައް އިތުރަށް ދަސްވެގެންދާނެއެވެ.

އަހަރެމެން

ސްކޫލްތަކުގެ ސިޔާސަތުތަކާއި އިޖުރާތްތަކާ ގުޅިފައިވާ ސްކޫލް ހިންގުމުގެ ފެންވަރަށް ގެންނަ ބަދަލުތައް. މިބަދަލުތަކުގެ ސަބަބުން ފެހި އޮނިގަނޑަށް ސްކޫލްތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އިރު، ސްކޫލްތަކުގެ ސަގާފަތަށް އަސަރުކޮށް ކުރިއެރުވުމުގެ ފުރުސަތު އެބައޮތެވެ.

ސިޔާސަތު

 އޮޅުންބޮޅުން ބޮޑު، ގިނަ ފަހަރަށް ވަސީލަތްތައް ބޭނުންވާ އަދި ގިނަ ބަޔަކު ބައިވެރިވާ ހަރަކާތްތައް، މިހަރަކާތްތަކުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ބައިވެރިވުމާއެކު ތަންފީޒުކުރުމަށް އިތުރު އަޒުމެއް ބޭނުންވެއެވެ. މި ފެންވަރުގައި ހިންގާ ހަރަކާތްތަކުން ފެހި އަސާސްތައް ފުޅާ ދާއިރާއެއްގައި ސްކޫލަށާއި ރަށު މުޖުތަމަޢުގެ ފެންވަރުގައި ދައްކުވައިދެއެވެ.

ވިސްނުން